މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަން ގެންނަންޖެހޭ އިސްލާހު މި ދައުރަށް ހުށަހަޅަނީ

މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަން ގާނޫނަށް ގެންނަންޖެހޭ އިސްލާހު މި ދައުރަށް ހުށަހަޅަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު ލިމިޓުކުރަން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށެވެ.

މީގެ އިތުރުން އެ އިސްލާހު ދިރާސާކުރުމަށްފަހު ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހު މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދިޔުމުން، ޚަރަދުވެސް އިތުރުވާތީ، މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ވެސް މަޖިލީހަށް ބިލްތައް ހުށަހަޅާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *