9 ރަށެއްގައި ކުޅިވަރުގެ 10 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

9 ރަށެއްގައި ކުޅިވަރުގެ 10 މަޝްރޫއެއް ހިންގަން ސްޕޯޓްސް މިނިސްްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނީ 9 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ 10 މަޝްރޫޢުއެއްގެ އެއްބަސްވުމުގައި މިއަދު އެމްޓީސީސީއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ނިޙާދު އާއި މުޙައްމަދު ފަޔާޒް އަދި އަސްލަމް ރަހާއެވެ.

އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

1. . ލ. މާވަށް – އެފް.އާރް.ސީ

2. ލ. މާވަށް – ވޮލީކޯޓު

3. ލ. ފޮނަދޫ – ފުޓްސަލް ދަނޑު

4. ލ. ހިތަދޫ – ވޮލީކޯޓު

5. ހއ. ވަށަފަރު – ވޮލީކޯޓު

6. ކ. މާފުށި – އެފް.އާރު.ސީ

7. ކ. ދިއްފުށި – އެފް.އާރު.ސީ

8. ކ. ތުލުސްދޫ – އެފް.އާރު.ސީ

9. ކ. ހިންމަފުށި – އެފް.އާރު.ސީ

10. ކ. ހުރާ – އެފް.އާރު.ސީ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *