ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ 20 ދަރިވަރުންގެ ބެޗު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު ހިދުމަތަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
އައިޖީއެމްއެޗުން ވަނީ އެ ދަރިވަރުން އިންޓާންޝިޕް ފުރިހަމަކޮށްފައިވާކަން ހާމަކޮށްފައެވެ.
އެގޮތުން އަލަށް ހިދުމަތަށް ނުކުންނަން ތައްޔާރުވި 20 ޑޮކްޓަރުންނަށް އެ ހޮސްޕިޓަލުން ވަނީ މަރުހަބާ ކިޔާފައެވެ.
އައިޖީއެމްއެޗުން ބުނީ އެ ޑޮކްޓަރުންނަކީ ބަލިމީހުންނަށް ފަރުވާ ދިނުމުގަ އާއި އިމްޖެންސީ ހާލަތުގައި ނަމޫނާ ދައްކާނެ ޑޮކްޓަރުންތަކަކަށް ވާނެ ކަމަށެވެ.
“މިއީ ގައުމީ ޔުނިވާސިޓީއަށާއި، ރާއްޖެއަށް ތާރީހީ ކާމިޔާބީއެއް“ އައިޖީއެމްއެޗުން ބުނެފައި ވެއެވެ.
ރާއްޖޭގައި މެޑިސިން ކިޔަވާދޭން ފެށީ 2018 ވަނަ އަހަރު ސެޕްޓެންބަރުގައެވެ.