އަތޮޅު ކައުންސިލު އުވާލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލުތަކަށް ބަހާލާނަން: ރައީސް

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލާނެ ކަމަށާއި އުވާލައިގެން ސަލާމަތްވާ ފައިސާ އެ އަތޮޅެއްގެ ރަށްރަށުގެ ކައުންސިލްތަކަށް ބަހާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކޮށް، އަތޮޅު ކައުންސިލް އުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުއިއްޒު އެކި ފޯރަމްތަކުގައި މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ވާހަކަ އަނެއްކާވެސް އެމަނިކުފާނު ދެއްކެވީ، ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮޅުވެލިފުށީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލަނީ ރަނގަޅު ވިސްނުމެއްގައި ކަމަށާއި އަތޮޅު ކައުންސިލްތައް އުވާލައިގެން ސަލާމަތްވާ ފައިސާ ހޭދުކުރުމަށް ވެސް ސަރުކާރުން ވިސްނަނީ ހަމަ އެ އަތޮޅެއްގެ މުހިންމު ކަންކަމަށް ކަމަށެވެ.

”އަތޮޅު ކައުންސިލް އުވާލީމައި މި ލިބޭ ފައިސާ އަޅުގަނޑުމެން މި ބަހާލަނީ ހަމަ ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓްގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ކުރަން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *