ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސް އެ ދައްކަވަނީ ނަމޫނާ ހިދުމަތުގެ މިސާލެއް: ނައިބު ރައީސް

ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ޙިދުމަތުގެ މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި މިއަދު ވަނީ ރިކޯޑެއް ހައްދަވާފައެވެ. މި ރެކޯޑު ފުރިހަމަވީ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާ އެކުގައެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. އޭރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މި ކާމިޔާބީ ހާސިލުކުރެއްވީ 5 އަހަރު ދުވަހުގެ ތެރޭގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ‏ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ޙިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުއްގައު ކަމަށެވެ.

އަދި މިއަދު ކ.ތުލުސްދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނަށް އެވަނީ ޒިޔާރަށް ކުރެއްވިފައި ކަނަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިހާ އަވަސް މުއްދަތެއްގެ ތެރޭގައި އެހެން ވެރިއަކު މި ލަނޑުދަނޑި ހާސިލްކުރައްވާފައި ނުވޭ.

”ރައީސް އެގެންދަވަނީ މީގެން ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ގާތުން ބައްލަވައި، އެތައް ސަތޭކަ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ، އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުކޮށްދެއްވަމުން.“ ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސް މިއަދު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ޙިދުމަތުގެ މިސާލެއް ކަމަށެވެ.

ރައީސްވަނީ މީހުން ދިރިއުޅޭ 187 ރަށާއި ސިޓީތަކަށް 1 އަހަރާއި 11 މަހުން (ގާތްގަނޑަކަށް 110 ހަފުތާއިން) ދަތުރުކޮށް ނިންމައިފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *