މޫނު ނިވާކޮށްގެން އެއާޕޯޓުން ފައިސާ ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު އިއްޔެ ފަތިހު އެއާޕޯޓުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފައިސާތަކެއް ފޭރިގެން މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ކުރިން މައުލޫމާތު ދިން ގޮތުގައި އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ އިއްޔެ ފަތިހު 4:45 ހާއިރެވެ.

ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހުން ފޭރިގެންފައިވަނީ 100،000 ޑޮލަރު އަޅާފައިހުރި

 ފައިސާ ފޭރިގެންފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުންނެވެ. އެއީ ފުރާ މީހުންނަށް އާ ޓާމިނަލުން ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓްކޭހެއްކަން ވެސް ވަނީ އެނގިފައެވެ.

މިކަމާ ގުޅިގެން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ”އެކްސް“ ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *