ޕިކްނިކް އައިލެންޑް ތަރައްގީ ކުރަން ކޮންސަލްޓަންޓުން ހޯދަނީ

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެ ރަށްތައް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

ކޮންމެ އަތޮޅެއްގައި އެ އަތޮޅެއްގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްގީކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ މިދިޔަ އަހަރު އއ. މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މިފަދަ ނިންމެވުމެއް ނިންމެވީ، ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އާއިލާއާއެކު ހިތްހަމަޖައްސާލަން ދަތުރުދާނެ ސަރަހައްދުތަކެއް ނެތްކަމުގެ ކަންބޮޑުވުން ރައްޔިތުން ހިއްސާކުރައްވާފައިވާތީއެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ބަލަހައްޓަމުންދާ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.

މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީ-ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވާން އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ޖެނުއަރީ 25 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި މަޝްރޫއުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ 28 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އޮންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *