ޖަމީލު ގޮވައިގެން ޝިއުނާ ހައްގު ހޯދަން ކޯޓަށް

ކުރީގެ ނާއިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ދެކޮޅަށް ދައުވާކޮށް ހައްގު ހޯދަން ހުށައަޅައިފި ކަމަށް މި ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ނާއިބަކަަށް ހުރީން ހުންނެވި މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

އޭނާ އެކަން ހާމަކޮށް އެކްސްގައި ވަނީ ޕޯސްޓެއް ކޮށްފަ އެވެ.

އެމްްއޭސީއެލްގެ ސިޔާސީ ވަޒީފާއެެއްގައި މިވަގުތު ހުންނެވި ޝިއުނާ ވިދާޅުވި ގޮތުގައި ޖަމީލް ވަނީ އޭނާއަށް ފުރައްސާރަކޮށް ހިޖާބުނުވާއިރުގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެ މައްސަލާގައި ކުރީގެ އިސް ގާޒީ އަދި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޖަމީލްގެ މައްޗަށް ދައުވާކޮށް ހައްގު ހޯދަން ކަމާބެހޭ އިދާރާތަކަށް ހުށައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝިއުނާގެ އެ ޕޯސްޓްގައި ފުލުހުންނާއި އެޗްއާރުސީއެމް ޓެގް ކޮށްފައިވެ އެވެ.

ޖަމީލް ވަނީ ޝިއުނާގެ ކުރީގެ ފޮޓޯތަކެއް ހިމަނާ ޕޯސްޓެއް ކޮށްފަ އެވެ. ޝިއުނާ ވަނީ މީގެ މަސްތަކެއް ކުރީން މޫނު ބުރުގާ އަޅާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *