ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއެއްގެ 5 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއެއްގެ 5 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ބުނީ، ރޭ 11:00 ހާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ވަން އެވެނިއު އިމާރާތުގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެ އެޕާޓްމަންޓުގެ ބަދިގެ ބޭނުން ނުކުރޭވަރަށް އަނދާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެމްޑީއެމްއޭ)އިން ބުނީ، މި ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި ހާލުގައި ޖެހުނު އާއިލާގައި އުމުރުންދުވަސްވީ މީހަކާއި ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ ކުޑަކުއްޖަކު ވެސް ހިމެނޭ އެ އޮތޯރިޓީން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *