އީރާން ފަނާކޮށްލުމަށް ޔަހޫދީންގެ ޒަމާންވީ ރޭވުން ތަންފީޒުކުރުމަށް އީރާނަށް ހަމަލާދީފި، ރައްދު ހަމަލާ ވަރުގަދަ

އީރާން ފަނާކޮށްލުމަށް ޔަހޫދީންގެ ޒަމާންވީ ރޭވުން ތަންފީޒުކުރުމަށް އީރާނަށް ހަމަލާދީފިއެވެ. އީރާނުން ވަނީ ރައްދު ހަމަލާ ވަރުގަދައަށް ދީފައެވެ.

އިތުރު އެއްވެސް ތަފްސީލެއް ނުދީ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ދަނިކޮށް ހަމަލާ ދީފައި ވާއިރު މަޝްވަރާތައް ހޮސްޓުކުރާ އޮމާނުން ވަނީ އީރާނުން ނިއުކްލިއާ މެޓީރިއަލް ސްޓޮކްޕައިލްކުރުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށާއި އެހެންވެ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ބުނެފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ވެސް އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ހަނގުރާމަ ފެށުނެވެ. އެފަހަރު 12 ދުވަސް ވަންދެން އިޒްރޭލާއި އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ބަދަލުކޮށްފައި ވާއިރު އީރާނުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއްވިއެވެ.

ޔަހޫދީ އިޒްރޭލުން އެމެރިކާއާ ގުޅިގެން އިސްވެ އީރާނަށް ހަމަލާ ދިނުމާ ގުޅިގެން، އީރާނުން ވެސް ރައްދު ހަމަލާ ދޭން ފަށައިފިއެވެ.

އިޒްރޭލުން ބުނެފައިވަނީ އީރާނުން މިހާރު އެ ގައުމަށް މިސޭލުތަކެއް ލޯންޗުކޮށްފައި ކަމަށެވެ. ނަމަވެސް އެއީ ކިތައް މިސޭލުކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔަހޫދީ އިޒްރޭލުން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ އޮފީހަށް ވެސް މިއަދު ހަމަލާދިނެވެ.

މިއީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކެކެވެ.

އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ވެރިރަށް ތެހެރާނުން ހަމަލާ އަމާޒުވި މުހިންމު ތަންތަނުގެ ތެރޭގައި އެ ގައުމުގެ އެންމެ މަތީ ލީޑަރު ޚާމަނާއީގެ އޮފީހާއި، އިންޓެލިޖެންސް މިނިސްޓްރީއާއި، ދިފާއީ ވުޒާރާގެ އިތުރުން އެޓޮމިކް އެނާޖީ އެޖެންސީ ހިމެނެއެވެ.

އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަ

އިޒްރޭލުން އިސްވެ އީރާނަަށް ހަމަލާ ދޭން ފެށީ މިއަދު ހެނދުނެވެ.

މި ހަމަލާއަށް ފަހު މިހާރު އިޒްރޭލުގައި ވަނީ ސައިރަން އަޅައި، އަތުވެދާނެ ރައްދު މިސައިލް ހަމަލާއަކުން އާންމުން ރައްކާތެރިވެ ތިބެން ވެސް އަންގައިފައެވެ. އަދި މިއީ ވަރަށް ސީރިއަސް އިންޒާރެއް ކަމަށް އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ވަނީ ބުނެފައެވެ.

އީރާނުން ބުނި ގޮތުގައި ޔަހޫދީން އިސްވެ ހަމަލާ ދިނީ މެދުއިރުމަތީގައި އެމީހުން ބޭނުންވާ ގޮތަކަށް އަމަލުނުކުރެވިގެން އުޅެނީ އީރާނުގެ ސަބަބުން ކަމަށްވާތީ، އީރާނު ފަނާކޮށްލުމުގެ ނުލަފާ ރޭވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް އީރާނުން ޔަގީން ކުރަނީ ﷲގެ ވާގިފުޅާއެކު އެމެރިކާއާއި އިޒްރޭލުގެ މައްޗަށް ފުރިހަމަ ކާމިޔާބެއް ހޯދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *