ބިލެތްމާ ޓޭސްޓީއިން އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގައިފި

ތެލުލި ފަތާއި ކޮށިމަހާއި ކުޅިކާޖާ އަދި ރިހާކުރުގުޅަ ފަދަ ބަންދުކުރި ކާބޯތަކެތި އުފައްދާ ”ބިލެތްމާ ޓޭސްްޓީ“ އިން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ތަކެތި ވިއްކަމުންދާ ކަމަށް އެ އޮތޯރިޓީން ރޭގައި ބުނެފިއެވެ.

ޖުމްލަ އޮންލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން ”ބިލެތްމާ ޓޭސްޓީ“ ބަލައިފާސްކޮށްފައިވާ ކަމަށާއި އެއީ އާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ކަމަށެވެ.

އެހެންވެ، އެ ތަނުގައި ކުރަމުން އައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އަންގާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ހިދުމަތްދޭ ތަންތަނަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކުރަން ލާޒިމު ތަންތަން ކަމަށް ވިޔަސް ބިލެތްމާ ޓޭސްޓީއަކީ ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ.

"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިލެތްމާ ޓޭސްޓީއިން އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް އަންގަން،" އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *