ފްލެޓާއި ގޯއްޗަށް އެދި 9،500 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި އެވެ.
އަވަސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައުސިން މިނިސްޓްރީޏް ބުނީ މިހާތަނަށް 9،645 މީހުން ފޯމު ހުށައަޅާފަވާ ކަމަށެވެ. މީގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 5،993 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 3،234 ފޯމު ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ކުރިމަތިލެވޭ ގޮތަށް ހުޅުވާލި "ގޯތި ގެދޮރު" ކެޓަގަރީއިން މިހާތަނަށް 418 ފޯމު ހުށަހަޅާފައިވާ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ބޯހިޔާވަހިކަމުގެ އިތުރު ކެޓަގަރީތަކަކަށް އަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުވާލަން ވަނީ ނިންމާފަ އެވެ.
އެ ގޮތުން ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ޖޮއިންޓްކޮށް ލިބުނު ގޯތި ދޫކޮށް ވަކިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތާއި ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު މީހުންނަށް ހާއްސަކުރާ ކެޓަގަރީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީއަށް ހުޅުވާލަން ވަނީ ނިންމާފަ އެވެ.


