ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ ހުވާ ބަލެންދްރާ ޝާހް ކުރައްވައިފި

ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ ހުވާ ބަލެންދްރާ ޝާހް ކުރައްވައިފިއެެވެ.

މިމަހުގެ ކުރީކޮޅު ކުރިއަށް ދިޔަ ނޭޕާލްގެ އާންމު އިންތިހާބު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި ބަލެންދްރާ ޝާހް ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މަގާމު ހަވާލުކުރެއްވީ އެ ގައުމުގެ ރައީސް ރާމް ޗަންދުރާއެވެ.

ނޭޕާލްގެ ބޮޑުވަޒީރު ކަމަށް އައްޔަނު ކުރި އެންމެ ޒުވާން ލީޑަރު ކަމަށް ޝާހު ވެފައިވާ އިރު، ޝާހު އަށް އެ މަގާމު ލިބިވަޑައި ގަތުމަށް މެދުވެރި ވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ގައުމުގައި ކުރިއަށް ދިޔަ މުޒާހަރާތަކާއެކު އޭރުގެ ސަރުކާރު އިސްތިއުފާ ދިނުމެވެ.

ޖުމުލަ 275 މެންބަރުން ހިމެނޭ ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގެ 182 ގޮނޑި ކާމިޔާބުކޮށްފައިވާ ޝާހުގެ ރަސްތްރިޔާ ސްވަތަނާ ޕާޓީން ވަނީ ތާރީހީ މޮޅެއް ހޯދައިފައެވެ.

ނޭޕާލުގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ޝާހު ވަނީ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު އާންމުންނަށް ހާއްސަ ލަވައެއް ވެސް ރިލީޒް ކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *