ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނެއް އިޒްރޭލުން ފާސްކޮށްފި

ޔަހޫދީ އިޒްރޭލުން މަރާފައިވާ ފަލަސްތީނުގެ މީހުންނަކީ ޓެރަރިސްޓުންތަކެއް ކަމަށާއި އެމީހުން ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަނޑައަޅައި، ކުށް ސާބިތުވެފައިވާ ފަަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް އިޒްރޭލުގެ ޕާލަމެންޓް، ނެސެޓް އިން ގާނޫނެއް އިއްޔެ ފާސްކޮށްފިއެވެ.

ނަމަވެސް ފަލަސްތީނު މީހުން މަރާފައިވާ ޔަހޫދީންނަށް މަރުގެ އަދަބު ދޭން އެ ގާނޫނު ހުއްދައެއް ނުކުރެއެވެ.

ސައްވީސް އިން ބުނި ގޮތުގައި، ތިރީސް ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާ މި ގާނޫނަށް ހޯމަ ދުވަހު 120 ގޮނޑި ހިމެނޭ ނެސެޓުގެ އެ ގާނޫނަށް، މަރުވެފައިވާ ކަމަށް އަޑު ފެތުރެމުންދާ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން، 62 މެމްބަރުން ވޯޓު ދިނެވެ. ގާނޫނާ އެއްކޮަޅަށް 48 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި އެއް މެމްބަަރަކު ވޯޓުގައި ބައިވެރިވެފައި ނުވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެ ގާނޫނު ފާސްވުމަކީ އިޒްރޭލުގެ ހަރުކަށި ކަނާތު ފިޔައިގެ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއަކަށްވާއިރު، ގާނޫނު އެގޮތަށް ފާސްކުރުމަކީ ސަރުކަރާއެކު ހެދި ކޯލިޝަންގެ މައިގަނޑު އެއް ޝަރުތުގެ ގޮތުގައި ހެދުމަށް އޮޓްޒްމާ ޔަހޫދީ (ޔަހޫދީ ބާރު) ޕާޓީން ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރު ވަނީ ވަރަށް ބޮޑަށް ބާރު އަޅާފައެވެ.

ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން ބުނީ އެ ބިލަކީ ”ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް“ ކަމަށެވެ. އަދި އެއީ ހަތަރު ވަނަ ޖެނީވާ މުއާހަދާއާ ހިލާފު ބިލެއް ކަމަށާއި، ”ވަކިން ހާއްސަކޮށް ވަކިވަކި ފަރުދުންނަށް ކަށަވަރުކޮށްދޭ ރައްކާތެރިކަމާއި އިންސާފުވެރި ޝަރީއަތްތަކާ ހިލާފު ބިލެއް“ ކަމަށް ވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *