އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީނު ވެސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަތީން އިސްތިއުފާ ދެއްވިކަން އޭނާ ވަނީ ”އެކްސް“ ގައި އިއުލާނު ކުރައްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅުވެފައެއް ނުވެއެވެ.

ސަރުކާރުން ފެން ކުންފުނީގެ އެމްޑީގެ މަގާމަށް މަތީން ހަމަޖެއްސެވީ 28 ނޮވެމްބަރު 2023 ގައެވެ.

މަތީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ.

ފަހަކަށް އައިސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖްމަންޓަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ.

އެގޮތުން، ދެ ކުންފުންޏެއްގެ އިސްވެރިއަކު ވަކިކޮށް، އިތުރު ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މަތީން އިތުރުން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *