މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން ވަކިކޮށް، ނާޒިމް އެންވަޔަރަމަންޓް ކޮމިޓީއަށް ލައިފި

މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަކިކޮށް، އެންވަޔަރަމަންޓް ކޮމިޓީއަށް ލައިފިއެވެ.

އިއްޔެ ގެނައި މި ބަދަލު މަޖިލީހުގެ ވެބްސައިޓުގައި ވެސް މިހާރު ވަނީ ޝާއިއުކޮށްފައެވެ.

ކޮމިޓީތަކަށް އައްޔަންކޮށްފައިވާ މެންބަރުން ބަދަލު ކުރަނީ، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ން މަޖިލީހަށް އެންގުމުންނެވެ. އަދި އެ ގޮތަށް ގެންނަ ބަދަލެއް ރިޔާސަތުން މަޖިލީހުގެ ޖަލްސާގައި އިއުލާން ކުރަން ޖެހެއެވެ.

މަޖިލިސް ރައީސް ރާއްޖޭގައި ނެތުމުން އެންމެފަހުން މަޖިލިސް ބޭއްވި ދެ ދުވަހު، ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނާޒިމް އެވެ. މި ބަދަލު ގެނައިކަން އޭނާ އިއުލާންކުރައްވާފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީގެ އިތުރުން މިހާރު ނާޒިމް އިންނަވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ (އެސްއޯއީ) ކޮމިޓީގައެވެ.

ނާޒިމްގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ. އަދި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ، ފުވަމުއްލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *