ނާސާގެ އާޓެމިސް ދެ މިޝަންގެ ހަތަރު އެސްޓްރޮނޯޓުން ހަނދު ވަށައި ބުރު ޖަހައިފި

ނާސާގެ އާޓެމިސް 2 މިޝަންގެ ހަތަރު އެސްޓްރޮނޯޓުން ހަނދު ވަށައި ބުރު ޖެހުމަށް ފަހު،  ކާމިޔާބުކަމާ އެކު ދުނިޔެއަށް އެނބުރި އަތުވެއްޖެއެވެ.

މި ދަތުރުގެ ބައިވެރިން ދަތުރުކުރި "އޮރަޔަން" ކެޕްސޫލް ޕެސިފިކް ކަނޑަށް ޖައްސާފައި ވަނީ އެޕްރީލް 10 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ހަނދާ ގާތަށް އިންސާނުން ކުރި ފުރަތަމަ ދަތުރެވެ. މި މިޝަންގައި ހަތަރު އެސްޓްރޮނޯޓުން ވަނީ 10 ދުވަސް ހޭދަކޮށްފައެވެ.

މި ދަތުރު ނިންމާލުމަށް ފަހު އެނބުރި އައި މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ހާއްސަކޮށް ބޯޓު ކަނޑަށް ޖެއްސި މަންޒަރާއި، އެސްޓްރޮނޯޓުން ބޯޓުން ފޭބި ވަގުތުގެ ވީޑިއޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. މި ދަތުރުގެ ކޮމާންޑަރު ރީޑް ވައިޒްމަން އާއި އޭނާގެ ޓީމު މިހާރު ވަނީ ހިއުސްޓަންއަށް ގޮސްފައެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް ނާސާއިން ބުނެއެވެ.

މި މިޝަންގެ އެންމެ ހިތްގައިމު އެއް ފޮޓޯ އަކަށް ވީ، ރޮކެޓް ނައްޓާލި ވަގުތު އޯލަންޑޯގެ ދެ ކުޑަކުދިން މަގުމަތީގައި ތިބެގެން އުޑުމައްޗަށް ބަލަން ތިބި ފޮޓޯއެވެ. މި ފޮޓޯއިން އަންގައިދެނީ ޖައްވީ ދަތުރުތަކަށް އޮތް ޝައުގުވެރިކަމާއި އުންމީދެވެ. އާޓެމިސް 2 އަކީ އިންސާނުން އަލުން ހަނދަށް ފޮނުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރެވުނު ވަރަށް މުހިންމު އަދި ތާރީހީ ދަތުރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *