ވަޒީފާއިން ވަކި ކުރުމުން ބަދަލު ހިފަން ރައީސް ޑރ. މުޢިއްޒު އަބުރުފުޅު ކަތިލާނެ ކަމަށް އީޝާ ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެއްޖެ

ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ ގެ މަގާމުން އީޝާ އަޝްރަފް ވަކި ކުރުމުން އެކަމުގެ ބަދަލު ހިފަން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަބުރު ކަތިލާނެ ކަމަށް އީޝާ ބުނާ އޯޑިއޯ އެއް ސޯޝަލް މީޑިއާގައި ލީކުވެއްޖެ އެވެ.

މި އޯޑިއޯ ލީކުކޮށްލާފައި ވަނީ ރާކަނި ނަމަކަށް ކިޔާ ޕޭޖަކުންނެވެ.

އޯޑިއޯގައި ދައްކާ ވާހަކަ:

އީޝާ: ކޮންތާކު

ބައްޕަ: ގޭގަ

އީޝާ: މަ ، މުޢިއްޒު ވަޒީފާއިން ވަކިކޮށްލީ

ރައީސް އޮފީހުން އެ ގުޅީ ހަމަ

ބައްޕަ: އެހެންވަނީ؟

އީޝާ: ރައީސް އޮފީހުން ގުޅާފަ ބުނީ މިއަދުން ފެށިގެން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކުރީ އޭ.

ވަކިކުރި ކަމުގެ ލިޔުމާއި އެއްޗެހި ފޮނުވާނަމޭ. އެވާހަކަ ބުނަންށޯ ގުޅީ. މަބުނިން އޯކޭއޭ. މައްސަލައެއް ނެތޭ.

އީޝާ: އެކަމަށްޓަކާ އޭގެ ބަދަލު މަ ހިފާނަން އިރާދަކުރެއްވިއްޔާ ކޮންމެސް ދުވަހަކުން.

ބައްޕަ: އާން

އީޝާ: މިހާ ދެރަވަރުކޮށް ނުހެދޭނެ މުޢިއްޒު ހީނުކުރާތި މަ ހަމަ ސީދާ ބަދަލު ހިފާނީ ހިތިކޮށް ހަމަ ނިންމާނަން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *