ރާއްޖޭގެ ކުރީގެ ނައިބް ރައީސް އަދީބަށް ދުބާއީގެ މައި ސަރުކާރުން އަގުވަޒަންކުރުމަށް ސަރަފްވެރިކަމުގެ ފަތްކޮޅެއް އަރުވައިފި

ރާއްޖޭގެ ކުރީގެ ނައިބް ރައީސް އަދީބަށް އެކުވެރި އަރަބި އީމާރާތުގެ (ދުބާއީގެ މައި) ސަރުކާރުން އަގުވަޒަން ކުރުމުގެ ފަތްކޮޅެއް އަރުވައިފި އެވެ.

ކުރީގެ ނައިބް ރައީސް އަދީބުގެ ސޯސިއަލް މީޑިއާ ޕްލެޓް ފޯމްތަކުން ވެސް ހިއްސާ ކޮށްފައި މި އަގުވަޒަން ކުރުމުގެ ފަތްކޮޅަކީ އެގައުމުގެ ރައީސް އުފައްދާފައިވާ ހާއްސަ ޕްލެޖަކުން އެމަނިކުފާނަށް އަރުވާފައިވާ ހާއްސަ ފަތްކޮޅެކެވެ.

ދުނިޔޭ ގައުމުތަކުން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރެއިން ދުބާއީގައި ދިރިއުޅޭ ޙާއްސަ ފަރާތްތަކާއި އެކު އެގައުމުން އެކުލަވާލައްވާފައިވާ މި ޕްލެޖުން މި ހާއްސަ ފަތްކޮޅު އަރުވަނީ އިގްތިސާދީ ނުވަތަ ހާއްސަ ދާއިރާތަކުން އެގައުމަށް ބިޔަ އިސްވެސްޓްމަންޓްތައް ގެންނަ ފަރާތްތަކުގެ އިތުރުން މާލީގެ ގޮތުން ފައިނޭންސް އެގައުމަށް ލެންޑް ކުރާފަރާތްތަކަށެވެ.

ކުރީގެ ނައިބު ރައީސް އަދީބަކީ އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ދިވެހި ގައުމަށް އާދަޔާ ހިލާފް އިންވެސްޓްމެންޓްތައް ގެނެސް ދެއްވާފައިވާ ފަރާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *