އަނބިމީހާ ވިއްކާލަން ކުރީގެ ފިރިމީހާ މަސައްކަތްކުރި ކަމުގެ ބޮޑު ތުހުމަތެއް ފުލުހުން ތަހުގީގު ކުރަނީ

ވިއްކާލާނެ ކަމަށް ބުނެ އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި މައްސަލަ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި، އެ އަންހެން މީހާގެ ކުރީގެ ފިރިމީހާ ވަނީ އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވެއެވެ. އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުވިޔަފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް މިހާތަނަށް މި މައްސަލައިގެ ތެރެއިން ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *