މާޔޫސްވެފައި ހުރި ޓްރަމްޕް އީރާން ޑީލްއަށްޓަކައި ހުރިހާ ބާރެއް ބޭނުންކުރި: މުޖްތަބާ ޚާމަނާއީ

‘މާޔޫސްވެފައި ހުރި’ ޓްރަމްޕް އީރާން ޑީލްއަށްޓަކައި ހުރިހާ ބާރެއް ބޭނުންކުރިކަމަށް އީރާންގެ ރޫހީ ލީޑާރު މުޖްތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓީވިން ދުރަށްދެއްކި ތަޤުރީރެއްގައި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު އެއްބަސްވުމަކަށް އައުމަށްޓަކައި ވަރަށް ބޮޑަށް “މާޔޫސްވެ”، އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. އަދި އެކި ގޮތްގޮތުން އީރާނަށް ފިއްތުންތައް ކުރިމަތިކުރުވައި، ނުފޫޒާއި ބާރުގެ ބޭނުން ހިފި ކަމަށް އޭނާ ފާހަގަކުރިއެވެ.

އީރާނާއެކު އާ އެއްބަސްވުމަކަށް އައުމަށް ޓްރަމްޕް މީގެ ކުރިން 2020 ވަނަ އަހަރު ދައްކާފައިވާ ބައެއް ވާހަކަތަކާއި ބަސްމަގު، މިހާރުގެ މަސްރަހާ ގުޅުވައިގެން ބައިނަލްއަގުވާމީ މީޑިއާތަކުގައި އަލުން ވަނީ ސަމާލުކަމަށް އައިސްފައެވެ.

މި މައްސަލައިގައި އެމެރިކާގެ މިހާރުގެ ބައެއް ސިޔާސީ ބޭފުޅުންގެ މެދުގައިވެސް ދަނީ ޚިޔާލުތަފާތުވުންތައް އުފެދެމުންނެވެ. އެގޮތުން ޖޭޑީ ވެންސް ވަނީ އީރާން ޑީލްއާ މެދު އިސްރާއީލުން ފާޑުކިޔާތީ، އެއީ ހަގީގަތާ ދުރު ވާހަކަތަކެއް ކަމަށް ބުނެ އިސްރާއީލަށް ފާޑުކިޔާފައެވެ.

ބައިނަލްއަގުވާމީ ސިޔާސީ ދިރާސާވެރިން މިހާރު ދަނީ މި އެއްބަސްވުމުގެ ސަބަބުން އެމެރިކާއަށް ހަގީގަތުގައި ލިބުނު ފައިދާއަކީ ކޮބައިތޯއާއި، މީގެ ސަބަބުން މެދުއިރުމައްޗަށް އަންނާނީ ސުލްހަ ތޯ ނުވަތަ އިތުރު ހަމަނުޖެހުންތަކެއްތޯ ބަހުސްކޮށް ދިރާސާކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *