މިއަހަރަށް އަންދާޒާކުރި ވަރަށްވުރެ އިތުރަށް ހިލޭ އެހީ ލިބިއްޖެ

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓްގައި އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިއްޖެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި އަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ހިލޭ އެހީގެ ގޮތުގައި 393.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް ހިލޭ އެހީވަނީ ލިބިފައެވެ. ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 128.7 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް 19 ބިލިއަން ރުފިޔާ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ޖުމްލަ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއަށްވުރެ 10 އިންސައްތަ އިތުރު އަދަދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *