ފްލެޓާއި ގޯއްޗަށްލީ ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން ފަށައިފި

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ހުށައެޅި ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން ހައުސިން މިނިސްޓްރީން ފަށައިފިއެވެ.

ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިމަހުގެ 15 ވަނދުވަހުގެރޭ ދަންވަރު ދޭއްޖެހިއިރުއެވެ. ވަގުތު ހަމަވިއިރު މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

ފްލެޓާއި ގޯއްޗަށް އެދި ހުށައެޅި ފޯމުތަކުގައި ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. އެގޮ ތުން ފޯމާއި އެކު ހުށައަޅާފައިވާ ލިޔުންތަކުގެ ސައްހަކަން ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް މި މަސައްކަތަށް ހޭދަވާނީ ކިހާ މުއްދަތެއްކަމެއް އެ މިނިސްޓްރީއަކުން ނުބުނެއެވެ.

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" ފޯމާއި އެއާއި ގުޅޭ ލިޔުންކިޔުންތައް ހުށައެޅުމުން ކޮންމެ މީހަކަށްވެސް އެމީހަކަށް ލިބޭ ޕޮއިންޓްގެ ތަފްސީލުތައް މިފަހަރު ޕޯޓަލުން ފެނެއެވެ.

މިއީ މިހާތަނަށް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި މި ފަހަރެވެ. އެންމެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަށް އެދި ހުށަހަޅާފައި ވަނީ 40،000 އަށް ވުރެ ގިނަ ފޯމެވެ.

ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7900 ފްލެޓާއި 1250 އަކަފޫޓުގެ ޖުމްލަ 15000 ގޯތި ދޫކުރާނެ އެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *