ފަޤީރަކަށްވީތީ ކަންބޮޑުވަނީ ކީއްވެ؟ ތަނަވަސްކަން ލިބުނަސް ހިތަށް ހަމަޖެހުން ނުލިބި ހިނގައިދާނެ!

ބައެއް މީހުން އުފާވެރިކަން ހޯދުމުގެ ނަމުގައި ނުކުމެ ކަންކަން ކުރަނީ އެމީހުން އެދޭ ގޮތް އަތަށް ލައިގެން ކަމަށާއި އެފަދަ މީހުން އުފާވެރިކަން ކަމުގައި ދެކެނީ އެމީހާ އެދޭ ގޮތަށް ކަންކަން ކުރުން ކަމަށާއި، އެމީހާ ކުރަން ބޭނުން ކޮންމެ ކަމެއްވެސް ކުރެވުން ކަމަށް މަޝްހޫރު ދީނީ ޢިލްވެރިޔާ މުފްތީ މެންކު ވިދާޅުވެފައިވެއެވެ. 

ނަމަވެސް އިސްލާމް ދީނުގައި މިކަން އޮތީ މިގޮތަކަށް ނޫނެވެ. އުފާވެރިކަން ހޯދަން ވެސް އޮތީ ހަމަ އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ކަމަށާއި، އިސްލާމް ދީނުގައި ހުއްދަކުރައްވަވާފައިވާ ކަންކަން ކޮށްގެން ކަން ފާހަގަކުރައްވަމުން، އިސްލާމް ދީނުގެ އިންތަކުން ބޭރުވެ ކުރާ ކަންކަމުން ލިބިގަނެވޭނެ އެއްވެސް ޙަޤީޤީ އުފާވެރިކަމެއް ނުއޮންނާނެ ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

"އަދި ކީއްހެއްޔެވެ؟ އެއިރުން އެލިބިގަނެވެނީ އަނިޔާއެވެ." މުފްތީ ވިދާޅުވިއެވެ.

"އަހުރެންގެ ފުރަތަމަ ސުވާލަކީވެސް ތަނަވަސްކަންބޮޑުވިވަރަކަށް ހިތްހަމަޖެހުން އިތުރުވާނަމަ ބޭނުންހައި ޚަރަދެއް ކުރާނެ ފައިސާ ހުރި މީހުންނަށް ބޭސް ގުޅައެއް ނުކައި ނުނިދިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟  ނިކަން ޖަވާބުދިބަލާށެވެ." މުފްތީ ވިދާޅުވެފައިވެއެވެ.

އެހެނަސް ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާ ލިބިފައިވާނަމަ އެއޮތީ ހުރިހާ އުފާވެރިކަމެއްވެސް ލިބިފައި ކަމަށާއި، ނަމަވެސް އެކަން ވަނީ އެހެންނަކުން ނޫން ކަމަށް ފާހަގަކުރައްވަމުން، "ނިކަން ރަނގަޅަށް ބަލައި ޗެކްކޮށްލަބަލާށެވެ!" ވިދާޅުވެ ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.  

މުފްތީ ވިދާޅުވީ، އަތުގައި އެންމެ ދިރުހަމެއް ނެތަ ނަމަވެސް ތަޤްވާވެރިޔާ ނިދަން އެންމެ ބޭސްގުޅައެއްވެސް ބޭނުން ނުވާނެ ކަމަށާއި، ނިދިން އޮށޯވެ ކުރަން ޖެހޭ ޛިކްރުތައް ކޮށް ނިމޭއިރު އޮންނާނީ ނިދިފައި ކަމަށާއި، ދިމާވާ ގޮތަކުން ނުނިދުނު ނަމަވެސް ބޭސްގުޅައެއް ހޯދާކަށް ނުއުޅޭނެއެވެ. ޛިކުރުކުރުމާއި ދަމު ނަމާދުކުރުމުން ހިތްހަމަޖެހުން ހޯދާނެ ކަމަށާއި، އެކަންކަން ނިމޭއިރު އޮންނާނީ ނިދިފައި ކަމަށް މުފްތީ ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *