Parliament of the Maldives (People's Majlis). See more from Maldives: http://www.oc-photo.net/FTP/icons/maldives.jpg

ބޭރުން މެމްބަރުންނާއި އާއިލާތައް ހިލޭ ބޭސްކުރަން ކާޑެއް ތައާރަފުކުރަން ނިންމައިފި

މަޖިލިސް މެންބަރުންނާއި އެ މީހުންގެ އާއިލާތަކަށް ރާއްޖެއިން ބޭރުން ހިލޭ ބޭސްފަރުވާ ކުރުމުގައި ފަސޭހަ ކުރަން ހާއްސަ ކާޑެއް ތައާރަފުކުރަން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

އާސިއާން ގައުމުތަކުން މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން އަދި 18 އަހަރު ނުފުރޭ ދަރިންގެ ހެލްތް އިންޝިއަރެންސް ކަންތައް ފޯރުކޮށްދެމުން އަންނަނީ އެލައިޑް އިންޝުއަރެންސުންނެވެ.

ކޮމެޓީން މިގޮތަށް ނިންމީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އެ މެމްބަރުންގެ އާއިލާއަށް ރާއްޖެއިން ބޭރުން ހިލޭ ބޭސް ކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށް ވިދާޅުވެ، ކޮމެޓީން ބެލި މައްސަލަގައިއެވެ. މެމްބަރުންގެ ކަންބޮޑުވުމަކީ ބޭސް ފަރުވާ ކުރުމުގައި ފަހުން ފައިސާ އަނބުރާ ދައްކާގޮތަށް އަމިއްލަ އަތުން ހަރަދު ކުރަން ޖެހުމުންނެވެ. އަދިރާއްޖެ އައިސް އެ ފައިސާ ހޯދަން ތަންތަނަށް ހުށައަޅައިގެން ކަންކަން ކުރަން ޖެހުމަކީ ބޮޑު ތަކުލީފެއް ކަމަށާއި އެއީ މެމްބަރުންގެ ވަގުތު ވެސް ބޭކާރުވާ ކަމެއް ކަމަށް މި މައްސަލާގައި މެމްބަރުން ބުނެފައިވެއެވެ.

ކޮމެޓީން ނިންމީ މެމްބަރުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ހާއްސަ ކާޑެއް ތައާރަފުކުރަން އެލައިޑް އިންޝުއަރެންސްގައި އެދުމަށެވެ. އެގޮތަށް ހުށަހަޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީއެވެ. އޭނާގެ ހުށައެޅުމަށް ތާއީދު ކުރެއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ހުށަހެޅުން ފާސްވެފައިވަނީ އެބައްދަލުވުމަށް ބައިވެރިވި 11 މެންބަރުންގެ ތެރެއިން 8 މެންބަރުންގެ ތާއީދާ އެކުއެވެ.

މީގެއިތުރުން މަޖިލިސް މެމްބަރުންގެ ހެލްތު އިންޝުއަރެންސް އެލައިޑަށް އިތުރު މުއްދަތަކަށް ދިނުމަށްވެސް މެމްބަރުން ވަނީ ތާއީދުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *