ސުޕްރީމް ކޯޓު މައްސަލައިގައި "ހޫރައްލީނުން" ގުޅުވައި ރޮޒައިނާ ކުފުރު ވެއްޖެ

ރޮޒައިނާ މި މޭރުމުން ވާހަކަ ދެއްކީ ރާއްޖެޓީވީގެ ޕްރަގްރާމެއްގަ އެވެ.

އޭނާ ކަންބޮޑުވުން ފާޅުކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި ފަތުވާ ކޮމެޓީން ވާހަކަ ނުދައްކާ ކަމަށް ބުނެ އެވެ. އަދި ވިދާޅުވީ ފަތުވާ ކޮމެޓީން ރައްޔިތުންނަށް މުހިންމު ކަންކަމުގައި ވާހަކަ ނުދައްކާ ކަމަަށެވެ. އަދި މުޅީން ވެސް ފެންނަނީ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭ ތަން ކަމަށެވެ.

މިސާލެއްގެ ގޮތުން ވިދާޅުވީ ހޫރައްލީނުން ފަދަ ވާހަކަތަކެވެ. އަދި އެއީ ބޭކާރު ވާހަކަތަކެއް ގޮތުގައި ސިފަ ކޮށްފައިވެ އެވެ.

“ހޫރައްލީނުންގެ ވާހަކަތަކާއާ މިކަހަލަ ކޮންމެވެސް ބޭކާރު ވާހަކަތަކެއްގެ ތެރޭގައި އަބަދު ތިބެގެން އެންމެ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ހައްގުތައް ހޯދައިނުދެވި ދިޔައީމަކާ އަޅުގަނޑަކަށް ހިއެއް ނުވޭ އެބޭފުޅުންގެ ވެސް ޒިންމާ އަދާކުރެވޭ ހެނެއް،”

ރޮޒައިނާ މިފަދަ ވާހަކަތަކެއް ދެއްކިއިރު ފަތުވާ ކޮމެޓީން މިހާތަނަށް ހޫރައްލީނުންނާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފަވެސް ނުވެ އެވެ.

ޤުރުއާނުގެ އެތައް އާޔަތެއްގައި ހޫރައްލީނުންގެ ވާހަކަ ބަޔާން ވެގެންވޭ

ހޫރައްލީނުންގެ ވާހަކަ މުސްލިމުންގެ މުޤައްދަސް ފޮތް ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންވެގެން ވެ އެވެ. އެކަނބަލުންގެ ރީތި ކަމާއި ބިކުރުވެރި ކަމާއި އެއީ ސޯލިހް އަޅުން ކުޅަ އަމަލުތަކުގެ ހެޔޮ ޖަޒާއެއްގެ ގޮތުގައި ލައްވާފައިވާ ކަނބަލުންތަކެއްކަން ބަޔާންވެގެން ވެ އެވެ. ޤުރުއާންގައި ހޫރައްލީނުން ސިފަ ކުރައްވާފައި ވަނީ ރައްކާތެރި ކުރައްވާފައިވާ ރަންމުތްތަކުގެ ގޮތުގަ އެވެ.

ފެމިނިސްޓުންނާއި އިސްލާމްދީނުގެ އަދުއްވުން އެންމެ ދީނަަށް ފުރައްސާރަ ކުރަން އެންމެ ބޮޑަށް ދައްކާ އެއް ވާހަކަ އަކީ ހޫރައްލީނުންގެ ވާހަކަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *