ސްޕްރީމް ކޯޓު ބެންޗުކުޑަކުރާ ބިލް ތަސްދީގުނުކޮށް މަޖިލީހަށް ފޮނުވާލައިފި

ސްޕްރީމް ކޯޓުން ބެންޗުކުޑަކުރަން ރައްޔިތުން މަޖިލީހުން ފާސްކުރި ބިލް އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުއިއްޒު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ޖަތަކު ފަހަކަށް ތިރިކުރުމަށް އަވަސް އަރުވާލައިގެން ރައްޔިތުން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 26 ވަނަދުވަހުއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު މި ބިލް މަޖިލިހަށް ހުށައެޅީ ފެބްރުއަރޫ މަހުގެ 25 ވަނަ ދުވަހުއެވެ.

މި ބިލު ހަމަ އެދުވަހުން އެދުވަހަށް ޕީއެންސީގެ ދެ މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުންގެ ތާއިދާއެކު މަޖިލިހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވިއެވެ. އަދި ކޮމެޓީއަށް ފޮނުވިތާ ގަޑިއިރެއްގެ ތެރޭގައި ދިރާސާކޮށް ކޮށް ނިންމާ ކޮމެޓީން ވަނީ ފާސްކޮށްފައެވެ އަދި ޖެހިގެން އައި ދުވަހު މަޖިލިހަށް ކޮމެޓީން ރިޕޯޓް ހުށައެޅުން ގިނަ ވަގުތަކެއް ނުނަގާ ސަރުކާރު ހިންގާ ޕީއެންސީގެ 68 މެމްބަރުންގެ ތާއިދާއެކު ބިލް މި ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ވޯޓިން ސިސްޓަމަށް މައްސަލަ ޖެހިފައިވާކަމަށް ބުނެ ބިލަށް ވޯޓަށް އަހާފައިވަނީ ވެސް ވަކިވަކިން މެމްބަރުންގެ ނަން ގޮވާ އަނގަބަހުން ވޯޓް ދޭ ގޮތަށެވެ.

މި ބިލް ރައްޔިތުން މަޖލީހުން ފާސްކުރިތާ ކުށަ ވަގުތުކޮޅެެއްގެ ތެރޭގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ބަަލަމުން އަންނަކަމަށް ބުނެ ޖޭއެސްސީން ވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *