ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިޔަންގެ ޑްރަގްސް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަތީ ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނިކޮށްކަމަށެވެ. އަތުލައިގެން ޑްރަގުސް ގެ މަގުމަތީ އަގު 6.7 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމުން ބުނެއެވެ.

ބާވަތާއި ބަރުދަން:

▫️މެތަމްފެޓަމިން- (2138) ގްރާމް

▫️ކެޓަމިން- (1086) ގްރާމް

▫️ހެރޮއިން- (310) ގްރާމް

 

ކަސްޓަމަސްއިން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި އެތަކެތި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަހުގެ ފަސްވަނަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އިންޑިއާ ކޯސްޓްގާޑުން އަތުލައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *