އުފާވެރިކަން ހޯދުމަކީ ފަރުދީ ދަތުރެއް ނޫން ކަމަށާއި އެއީ ޖަމާޢަތުގެ ދަތުރެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ މުއިއްޒު ދެއްވި މެސެޖުގައި ވިދާޅުވީ އުފާވެރިކަން ހޯދުމަކީ ފަރުދީ ދަތުރެއް ނޫން ކަމަށާއި އެއީ ޖަމާޢަތުގެ ދަތުރެއް ކަމަށާއި އެއީ ހިއްސާވާ އިންސާނިއްޔަތުގެ ތެރެއިން އަޅުގަނޑުމެންނަށް ދެމިއޮންނަ އުފަލެއް ކަމަށެވެ.
ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ.


