އައްޑޫ މަތިކިޅީގެ ބޮޑު ސަރަހައްދެއްގައި ރޯވެ އަނދަން ފަށައިފި

އައްޑޫ ސިޓީ މީދޫ، މަތިކިޅި އިކޯ ގާޑެންގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ އަނދަމުންދާތާ އެތައް އިރެއްވެފައިވާއިރު އަލިފާންފަނޑު ނިއްވާނުލެވި އިތުރަށް ފެތުރެން ފަށައިފިއެވެ.

މަައުލޫމާތު ލިބިފަައިވާ ގޮތުގައި އެތަނުގައި އަލިފާން ރޯވީ މިއަދު މެންދުރުކުރި 11:40 ހާއިރުއެވެ. އަލިފާން ރޯވުމުން އެމްއެންޑީއެފުން ނިއްވުމަށް މަސައްކަތް ކުރިނަމަވެސް އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާކަމަށް އެ ރަށުން މައުލޫމާތު ދެއެވެ.

އެ ރަށު ކައުންސިލުން ބައެއް ނޫސްތަކަށް ބުނެފައިވަނީ އަލިފާން ރޯވި ސަބަބު މުޅިން ސާފު ނުވާކަމަށާއި ނަމަވެސް އެ ސަރަހައްދަކީ ދަނޑުވެރިކަން ވެސް ކުރާ ސަރަހައްދެއްކަމުން ބައެއް ދަނޑުތަކުގައި ރޯކޮށްފައި ހުންނައިރު އެތަނުން އަލިފާން ފެތުރޭ ފަހަރު ވެސް ދިމާވެފައިވާކަމަށެވެ.

އަދި އަލިފާންގަނޑު މިހާރުވަނީ މަތިކިޅި އިކޯ ގާޑެން އާ އަރާހަމަވެފައި ކަމަށާއި ނަމަވެސް އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައި ނުވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އެ ތަނަކީ މީގެ ކުރިން ވެސް އެކި ސަބަބުތަކާ ހުރެ އަލިފާން ރޯވެ އަނދާފައިވާ ތަނެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *