ފަހު 10 އެއްގެ ހެޔޮ ދުއާ ރައީސް މުއިއްޒު ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރޯދަ މަހުގެ ފަހު ދިހައިގެ ހެޔޮ ދުއާ އަދި ތަހްނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.

އެމަނިކުފާނު ވަނީ މާތް ﷲ މި ބަރަކާތްތެރި ރޭތަކުގެ ހެޔޮ ދަރުމަޔާއި ސަވާބު އަޅަމެން އެންމެނަށް ލެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.

"ލައިލަތުލް ޤަދްރީގެ މަތިވެރި ނިއުމަތް އަޅަމެން އެންމެނަށް ދެއްވުމަށް އެދި،" އެމަނިކުފާނު ވަނީ ދުއާކުރައްވާފައެވެ.

ރޯދަ މަހުގެ ފަހު 10 ދުވަހަކީ އިސްލާމީ ކަލަންޑަރުގައި އެންމެ މާތް ދުވަސްތަކެއްގެ ގޮތުގައި ބެލެވޭ އިރު، ރައީސް މުއިއްޒު މި ދުވަސްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރުން މި އަހަރު މި ރޯދަ މަހުގެ ފަހު 10 ގައި ވެސް އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *