މި އަހަރުގެ 'އާތު އަވާ' ފާހަގަ ކުރުމުގެ ގޮތުން މި ރޭ އެއް ގަޑިއިރަށް ދިއްލުންތައް ނިވާލަން އެންވަރަޔަމެންޓް މިނިސްޓްރީން އެދެފިއެވެ.
އެންވަރަޔަމެންޓް މިނިސްޓްރީން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާ (22 މާޗު 2025) ރޭ އާތް އަވާ ފާހަކުރާނެ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ 20:30 އިން 21:30 އަށް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ރާއްޖޭގައި ވެސް މެދުނުކެނޑި ފާހަގަކުރަމުން އަންނަ މި ހަރަކާތަކީ ވޯލްޑް ވައިލްދް ލައިފް ފަންޑް (ޑަބްލިއުޑަބްލިއުއެފް) އިން އިންތިޒާމުކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކޮންމެ އަހަރަކު ވެސް ފާހަގަ ކުރާ އާތް އަވާ ހަރަކާތަކީ މާޗު މަހުގެ ފަހު ހޮނިހިރުގައި ފާހަގަ ކުރާ އިވެންޓެކެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތަކަށް ވާއިރު, މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުވުމެވެ.
މި އަހަރުގެ އާތް އަވާ ތީމަކީ "އަވާ ޕަވާ, އަވާ ޕްލެނެޓު" އެވެ.


