ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ޝަހީދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާ މެންބަރަކަށް، މިދިޔަ ހަފުތާގައި އެ ކޯޓްފެ ފަނޑިޔާރަކަށް އައްޔަންކުރި ހުސައިން ޝަހީދު ހަމަޖައްސައިފި އެވެ.

ޖޭއެސްސީ އަކީ ފަނޑިޔާރުންގެ މައްސަލަ ބެލުމާއި، ފަނޑިޔާރުން ވަކިކުރުމާއި އައްޔަން ކުރުން ހިމެނޭ ގޮތަށް ފަނޑިޔާރުން ރެގިއުލޭޓް ކުރަން ގާނޫނުއަސާސީން އެކުލަވާލާފައިވާ ކޮމިޝަނެކެވެ.

ސުޕްރީމް ކޯޓްގެ 7 ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު މި ވަގުތު ތިބީ ސަސްޕެންޑްކޮށްފައެވެ. ޖޭއެސްސީން ސަސްޕެންޑްކޮށްފައި ވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ޝަހީދަކީ އެ ދެ ފަނޑިޔާރިންނާ އެކު ސަސްޕެންޑްކުރި ފަނޑިޔާރު ހުސްނުއް ސޫދު އިސްތިއުފާ ދެއްވުމުން އައްޔަން ކުރި ބޭފުޅެކެވެ.

 

ޖޭއެސްސީގެ މެންބަރުން:

* ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް (ކޮމިޝަނުގެ ރައީސް)

* ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު (ކޮމިޝަނުގެ ނައިބު ރައީސް)

* ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

* ވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލްކުރައްވާ މެންބަރު

* ޑރ. އާމިނަތު ކުލްސޫމް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު)

* ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު

* ޔަޒްމީދު މުހައްމަދު (ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ މެންބަރު)

* އެޓާނީ ޖެނެރަލް އަހުމަދު އުޝާމް

* ގާނޫނީ ވަކީލު އަލީ އަބްދުއްލަތީފް (ވަކީލުން ތަމްސީލްކުރައްވާ މެންބަރު)

 

ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ޝަހީދު ކަނޑައެޅިނަމަވެސް، ޝަހީދު އެ މަގާމަށް އައްޔަން ކުރާނީ ރައީސްގެ ކުރިފުޅުމަތީގައި ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި ކުރެއްވުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *