ބަންގާޅިން ފެލި ކުރީގެ ކޮންޓްރޯލާ ޝައްމާން ސަރީއަތް ނިމެންދެން ބަންދު ކޮށްފި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަގާމުން ވަކިކުރި، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިއަދު މުއްދަތު ޖަހައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝައްމާންގެ އިތުރުން 4 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

މި މައްސަލާގައި މިދިޔަ މަހުގެ 22 ގައި ޝައްމާން ހައްޔަރުކުރުމަށްފަހު ކޯޓުން ފުރަތަމަ ބަންދުގެ މުއްދަތު ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވީ މިއަދުއެވެ. އަލުން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޝައްމާން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ދެން ހައްޔަރުކުރި ހަތަރު މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

މި މައްސަލާގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކޯޓެއް އަމުރެއްގެ ދަށުން ޝައްމާން ވަހީދު ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެގެއިން 257،475 ރުފިޔާއާއި 10،000 އެމެރިކާ ޑޮލަރު ފެނިފައިވާކަމަށެވެ. އަދި މީގެއިތުރުން އެހެންިހެން ބައެއް ގައުމުތަކުގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތައްވެސް ހޯދާފައިވާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ސީސޓީވީ ފުޓޭޖްތައް އެއްކޮށް ގިނަ ބަޔަކާއި ސުވާލުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް ދޫކޮށްލި ބިދޭސީ މީހާ އަތުން ހޯދިކަމަށް ބުނާ ފައިސާ އަޅާފައިވާ ކޮތަޅު މި މައްސަލާގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ މުވައްޒަފަކު ޝައްމާން ވަހީދުގެ ގެއަށް ހިފައިގެން ވަންނަތަން ސީސީޓީވީ ފުޓޭޖް ތަކުން ފެންނަކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *