ޕީސީބީގެ ރައީސް ކަމަށް އަންޔަން ކުރި އަނަސް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ރައީސް ކަމަށް އައްޔަނުކުރި ގއ. ދެއްވަދޫ/ ދޭލިޔާގޭ، މުހައްމަދު އަނަސްއަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި އެވެ.

އަނަސް އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އަދި އަނަސްއަށް ރުހުން ހޯދަން ރައީސް މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގައި މިއަދު ވަނީ އިއްވައިފަ އެވެ.

އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

އަނަސް މީގެ ކުރިން އަދާކުރަށްވާފައިވާ މަގާމުތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި އެޗްޑީސީގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.

އަނަސް ވަނީ މާސްޓާސްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންވެސް ހާސިލުކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *