ބޭސް ގެންނަން ދެއްކި ފައިސާ ގެއްލުނު މައްސަލަ އޭސީސީއިން ބަލަނީ

މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެފި އެވެ.

އޭސީސީން މިރޭ ބުނީ އެ މައްސަލަ އެ ކޮމިޝަނުގެ ސަމާލު ކަމަށް އައިސް އެ މައްސަލަ ހިނގި ގޮތް ބެލުމަށް ކޮމިޝަނުން ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް އެ ކޮމިޝަނަކުން ނުދެ އެވެ.

މި މައްސަލަ ތިލަވީ މިއަދު މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ ކަން ފާހަގަ ކުރެއްވުމުންނެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓްއެެއްގެ ގޮތުގައި ގޭސް ޝިޕްމަންޓްއަކަށް ދެއްކި ފައިސާވެސް ގެއްލިއްޖެ. ދެން އެ ފައިސާ ހޯދުމުގެ ކަންކަމުގައި ވެސް އެއްވެސް ކާމިޔާބީއެއް ނުލިބޭ" ނާޒިމް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *