ޝެއިހް އިމްރާނަށް ޑރ. ޝަހީމުގެ ވަރުގަދަ ރައްދެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުން ދިވެހިން މިންޖުވާން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަރުގަދައަށް ރައްދު ދެއްވައިފިއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދައުލަތާއި ދިވެހި ރައްޔިތުންނަށް ގެއްލުންވާ ދުވަހެއް ކަމަށެވެ.

"ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް. މިކަމުން ދިވެހިން މިންޖުވާން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީދުގެ ރައްދުގެ އެކްސް މެސެޖުގައި ބުނެފައިވަނީ މިހެންނެވެ؛

"އެއްޗެެއް ގޯސްކަން ދައްކަން މަސައްކަތްކުރަންވާނީ، އެއަށް ވުރެ ރަނގަޅު އެއްޗެއް ދައްކާފަ. މީހަކަށް، މުންކަރާތެއް ކަމަށް ޤަބޫލުކުރެވޭ ކަމެއް އެހެން މުންކަރާތަކުން ނެތިކޮށްލުމަށް މަސައްކަތްކުރުމަކީ، ޝަރުއީ އުޞޫލާ ޚިލާފްކަމެއް،"

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *