ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާ އަދި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭގެ ކެފޭއަކުން ހޯދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިއަކާއި ނެނޯ ސްޓިކްސް އަދި ކާޓްރިޖްތަކެއް / ފޮޓޯ:ފުލުހުން
ފުލުހުން ބުނި ގޮތުގައި އެ ތަން ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިއަކާއި ނެނޯ ސްޓިކް އަދި ކާޓްރިޖްތަކެއް ފެނިފައިވާ ކަމުގަ އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އެމްޑީ ރާޖް ރައްޒާކް (29 އަހަރު) އާއި މުހައްމަދު ތަރީގުލް (25 އަހަރު) އެވެ.
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.


