ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް، ފަނޑިޔާރު މުހައްމަދު ފައިޞަލް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ރޭ ނިންމައިިފި އެވެ.
ކޮމިޝަންގެ އެ ނިންމުން ރޭ ވަނީ ހާމަކޮށްފަ އެވެ.
ޖޭއެސްސީގެ ސޯޝަލް މީޑިއާ ހޭންޑުލްތަކުން ކުރި ޕޯސްޓެއްގައި ބުނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް، ފަނޑިޔާރު މުހައްމަދު ފައިޞަލް އައްޔަންކުރަން ރޭ ނިންމާފައިވާ ކަމަށެވެ.
ފައިސަލް ހައިކޯޓާއި ގުޅުނީ 2018 ވަނަ އަހަރު އެވެ.
ހައިކޯޓްގެ އިސް ފަނޑިޔާރަކަށް ކުރީން ހުންނެވީ ހުސައިން ޝަހީދެވެ. މާޗް 19 ގައި ޝަހީދު ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަައްޔަނު ކޮށްފަ އެވެ.


