ވައިގެ މަގުން ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.
ކަސްޓަމްސްއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި އަތުލައިގަތީ އިއްޔެ ކަމަށެވެ.
ސިއްރުން އެތެރެކުރަން މަސައްކަތްކުރީ 130،155 ސިނގިރޭޓު ސްޓިކްސް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ތަކެތި އަތުލައިގެންފައި ވަނީ އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަަމަށެވެ.


