ގިނަ އަދަދެއްގެ ރަށްތަކުގައި ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލައިފި

ސަރުކާރުގެ ސިޔާސަތުގައި ހިމެނިގެން ގިނަ އަދަދެއްގެ ރަށްތަކުގައި ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އާއްމު އިއުލާނެއްގައިވަނީ 40 ހަށްވުރެ ގިނަ ރަށުގައި ހައުސިން ޔުނިޓްތައް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ. އެ އިއުލާނުގައި ވާގޮތުން ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ފިނޭންސުން ބުނީ ހައުސިން ޔުނިޓްތައް އެޅުމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގެ މަރުހަލާ ކުރިއަށްދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް އުސޫލުންކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ އާބާދީބޮޑެތި ސަރަހައްދުތައް ކަމަށްވާމ ފުވައްމުލަށް، ކުޅުދުއްފުށި އަދި ތިނަދޫ ފާހަގަކޮށްލެވެއެވެ.

ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލި ރަށްތަކާއި ހައުސިން ޔުނިޓްތަކުގެ އަދަދު:

 

– ކުޅުދުއްފުށި ސިޓީ: 2،000

– ކ.ތުލުސްދޫ: 550

– ސ.ހިތަދޫ: 500

– ފުވައްމުލއް ސިޓީ: 500

– ގދ.ތިނަދޫ: 500

– ލ.ފޮނަދޫ: 500

– ލ.ގަން: 500

– ދ.ކުޑަހުވަދޫ: 500

– ރ.އުނގޫފާރު: 500

– ހދ.ހަނިމާދޫ: 500

– ގދ.ފިޔޯރީ: 50

– ގދ.ފަރެސްމާތޮޑާ: 50

ގދ.ހޯޑެއްދޫ: 50

– ގއ.ކޮލަމާފުށި: 50

– ގއ.ގެމަނަފުށި: 50

– ތ.ހިރިލަންދޫ: 50

– ރ.އިންނަމާދޫ: 50

– މ.ކޮޅުފުށި: 50

– ނ.މިލަދޫ: 50

– ނ.މަނަދޫ: 50

– ށ.ކޮމަންޑޫ: 50

– ހދ.ކުރިނބީ: 50

– ހއ.އުތީމް: 50

– ހއ.ކެލާ: 50

– އދ.ދިގުރަށް: 50

– ޅ.ނައިފަރު: 400

– މ.މުލި: 300

– ހދ.ނޮޅިވަރަމްފަރު: 250

– ގއ ވިލިނގިލި: 225

– ސ.ފޭދޫ: 200

– ގދ.މަޑަވެލި: 200

– ޅ.ކުރެންދޫ: 50

– ދ.މީދޫ: 200

– ފ.ނިލަންދޫ: 200

– ރ.ދުވާފަރު: 200

– ށ.މިލަންދޫ:200

– ހއ.ހޯރަފުށި: 200

– ހއ.ދިއްދޫ: 200

– މަހިބަދޫ: 150

– ށ.ފޯކައިދޫ: 150

-ރ.ރަސްމާދޫ: 50

 

ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓް ޖުމްލަ ގޮތެއްގައި ބޯހިޔާވަހިކަމަށް ހާއްސަކޮށްފައެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މިއީ ބޯހިޔާވަހިކަމުގެ ބަޖެޓް ކަމަށާއި، މި ބަޖެޓުން ރާއްޖޭގެ ތާރީހުގައިވެސް އެންމެ ފުޅާދާއިރާއެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭނޭ ކަމަށެވެ. ސަރުކާރުން މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމަށް ހާއްސަކޮށް 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢު ވަނީ ހިންގުމަށް ނިންމާފައެވެ.

ސަރުކާރުން ވަނީމިއަހަރުގެ ޖެނުއަރީމަހު ރާއްޖޭގެ 57 ރަށެއްގައި، 12،000 ހައުސިން ޔުނިޓްތައް އަޅައިދޭނެ ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާނުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *