ދަރިންނާއި ގުޅޭގޮތުން ފަތުރަނީ ދޮގު، އެއީ ވަރަށް އަޚްލާޤު ރަނގަޅު ކުދީންތަކެއް: ރައީސް

އެމަނިކުފާނުގެ ބޭފުޅުންނާއި ގުޅޭގޮތުން ވާދަވެރީން ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާ އެ ކުދީންނަކީ ވަރަށް އަޚްލާޤު ރަނގަޅު ކުދީންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މި ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވެސް އިންސާނެއް ކަމަށާ އާއިލާއާ ދަރިންނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފެތުރުމަކީ އެކަމުން ވަރަށް ބޮޑަށް ހިތްދަތިވެ ދެރަވާ ކަމެއް ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ އެފަދަ ކޮންމެ ކަމަކަށް ކެތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ.

“އެ ކުދީން ވަރަށް ރަނގަޅު ވާނެ. ނަމާދު ކުރާނެ. ވަރަށް އަހްލާގު ރަނގަޅު ވާނެ. ދުވަހަކު ވެސް ގޯސް ކަމެއް މިހާތަނަށް ކޮށްފައެއް ނެތް، ނުވެސް ކުރާނެ. ޔަގީން،”

އެމަނިކުފާނަކީ ވަރަށް ކެތްތެރިކަން އިސްކުރައްވާނެ ބޭފުޅެއް ކަމަށް ތަކުރާރު ކުރައްވާ ވިދާޅުވި އެވެ. ނަމަވެސް އާއިލާތަކާއި ގުޅޭގޮތުން ފަތުރާ ދޮގުތަކާއި ގުޅިގެން އެ އާއިލާތަކަށް ވަރަށް ބޮޑު ހިތްދަތި ކަމެއް ލިބެމުންދާ ކަމަށާ އެހެން ކަމުން މުޅި ޤައުމުގެ ޙައްގުގައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން އެމަނިކުފާނު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ރައީސްގެ ވާދަވެރިން ގެންދަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންނެވެ. ބައެއް ވާހަކަތައް އެމަނިކުފާނުގެ ބޭފުޅުންނާއި ވެސް ގުޅުވަ އެވެ. އެފަދަ އެއް ވާހަކަ އަކީ ވޭޕް މަނާކުރުމެވެ. ވޭޕްގެ ވަބާއިން ޤައުމު ސަލާމަތް ކުރެއްވުމަށް ފިޔަވަޅު އެޅުއްވުމާއި ގުޅިގެން ވެސް އެކަމުގެ ހަޤީޤަތް އޮޅުވާލާ ދޮގު ވާހަކަތައް ދަނީ ފަތުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *