ކުރީގެ އުއްތަމަ ފަނޑިޔާރު އުސްތާޒް ރަސީދަށް ހައްގު މަގާމާއި ޝުކުރު ދިނުމަށް މުހްތާޒު ގޮވާލައްވައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އުސްތާޒް ރަސީދަށް ހައްގު މަގާމާއި ޝުކުރު ދިނުމަށް މަޝްހޫރު ޤާނޫނީ ވަކީލު މުހްތާޒު މުހުސިން ގޮވާލައްވައިފިއެވެ.

އޭނާ ފޭސް ބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ؛

"އަޅުގަނޑުގެ ބައްޕަގެ ނަމޫނާ ޝަހުސިއްޔަތު އަދި އަޅުގަނޑުގެ އަންހެނުންގެ އެންމެ ލޯބިވާ އެއް އުސްތާޛް، ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް. ދިގު މުއްދަތެއް ވަންދެން ދިވެހި ދައުލަތަށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއިއެކު ޚިދުމަތްކުރެއްވެވި. ޚާއްސަ ގޮތެއްގައި ޝަރުއީދާއިރާއަށް. ފެހިގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުނުއިރު ހުންނެވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި."

"އަދާއި ހަމައަށް ޝަރުއީ ދާއިރާއަށް އެމަނިކުފާނު ކޮށްދެއްވެވި އަގުހުރި، ތެދުވެރި އަދި އިޚްލާސްތެރި ޚިދުމަތުގެ އަގު އެދާއިރާއިން ވަޒަންނުކުރެވި އޮތުމަކީ މުޅިދާއިރާއަށް ލިބޭ ބަދުނަމެއް. މާތްﷲ އެމަނިކުފާނު ހެޔޮ ސިއްޚަތެއްގައި ލަހައްޓަވާށި."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *