ޔުމްނު ބޮއެގެން ފުންމާލުން: ފުރާޅުމަތީގައި އުޅުނީ ކާކުކަން ހާމަކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ވަގުތެއްގައި މާލޭ ގެއަކުން ކައިރީގައި ހުރި ގެެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު އުމުރުން 21 އަހަރުމުގެ ހައްވާ ޔުމްނު ރަޝީދު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި އޭނާ ކައިރީގައި ފުރާޅު މަތީގައި މީހަކު އުޅޭ މަންޒަރު ސޯސަލް މީޑިއާގައި އާންމު ވެފައިވާއިރު، އެއީ ކާކުކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މިއަދު މި މައްސަލައިގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ، ޔުމްނާ ކައިރީގައި އެދުވަހު އެންމެ ފުރަތަމަ ހަރާކާތްތެރިވީ ކާކުކަން މިހާރު ދެނެގަނެވިފައިވާކަމަށެވެ.

”އެއީ ޕެރަމެޑިކްސް“ އެއްކަމަށް ވެސް ސުޖާއު ވިދަޅުވިއެވެ.

ޔުމްނު އަށް ވަނީ މި ހާދިސާގައި ވެންޓިލޭޓަރުގައި ފަރުވާ ދީފައެވެ. ނަމަވެސް މިހާރު އޭނާ ވެންޓިލޭޓަރުން ނަގާފައިވީނަމަވެސް، އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އެރޭ ޔުމްނު އާއެކު އުޅުނު މީހުން ފުރުން ވަނީ މަނާކޮށްފައެވެ. އަދި އެނާ އެރޭ ވަތް ތިން ގެެއެއް ބަލައި ފާސްކުރުމަށް ފުލުހުން ވަނީ ކޯޓު އަމުރަކަށް އެދިފައެވެ.

އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު ސީރއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *