ޔުމުން ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް: ރައުދުގެ ވަކީލު

މާލޭގެ ގެއެއްގެ ފުރާޅު މަތީގައި ވެއްޓިފައި އޮތް ޒުވާން އަންހެން ކުއްޖާ ވެއްޓުމުގައި ރައުދު އަހްމަދު ޒިލާލްގެ ބައިވެރިވުމެއް ނެތް ކަމަށް، ފުލުހުންނާ ހަވާލާދީ ރައުދުގެ ވަކީލު ކޯޓުގައި ބުނެފިއެވެ.

ރައުދުގެ ވަކީލަކީ ކާކުކަމެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް، ރައުދުގެ ބަންދު މަޖިލީހުގައި، ރައުދުގެ ވަކީލުވަނީ ފުލުހުންނާ ހަވާލާދީ، ރައުދުގެ ބައިވެރިވުމެއް ޔުމްނު ވެއްޓުމުގައި ނެތް ކަމަށް ބުނެފައެވެ. ޔުމްން ވެއްޓިފައި އޮއްވާ ފެނުންތާ ހަފްތާއެއް ވިއިރު، އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.

ރައުދުއާ ޔުމްނު އެކުގައި އުޅޭ މަންޒަރުތަކުގެ ސީސީޓީވް ފުޓޭޖް ފުލުހުންވަނީ އާއްމުކޮށްފައެވެ. އެ ދެ މީހުން ބަދަލު އަހްލާގީ އަމަލު ކުރާ މަންޒަރުވެސް ފެނިފައިވާއިރު، ރައުދު އޭރު ހުރީ މަސްތުގެ ހާލުގައެވެ.

ޔުމްން ވެއްޓުންތާ ހަ ދުވަސް ފަހުން ރައުދު ހައްޔަރުކޮށްފައިވާއިރު، ރައުދުގެ ބަންދަށްވަނީ ކޯޓުން ފަސް ދުވަސް ޖަހާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *