ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާދަމާއިން ފެށިގެން މަސްވެރިންނަށް ފައިނޭންސިން ފެސިލިޓީތައް ދޫކުރަން ފަށާއިރު ރަހުނަކާނުލައި 300،000ރ. އާ ހަމައަށް ފެސިލިޓީސްތައް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މަސްވެރިންގެ ގައުމީ ދަފްރަތުގައި ރަޖިސްޓްރީ ވެފައިވާ މަސްވެރިންނަށް ބީއެމްއެލްގެ ފައިނޭންސިން ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވާއިރު މިނިސްޓްރީން ބުނީ ފާސަނަލް ފައިނޭސިންގެ ގޮތުގައި ދޫކުރަނީ 10،000ރ. އާއި 300،000ރ.އާ ދެމެދު އަދަދެއް ކަމަށެވެ.
ބީއެމްއެލް އިން ކުރިން ބުނެފައި ވަނީ މަސްވެރިންގެ އާމްދަނީ އެ ބޭންކަށް އެނގެން ހުންނާނެ ކަމަށާއި ފައިނޭންސިން ފެސިލިޓީތަކަށް ޝަރުތު ހަމަވޭތޯ ބަލާނީ މަހެއްގެ މައްޗަށް އެވްރެޖުކޮށް ލިބޭ އާމްދަނީއަށް ބެލުމަށް ފަހު ކަމަށެވެ.


