ބޮއެގެން މަސްތުވެ, ބަދުއަހްލާގީ އަމަލު ހިންގަނިކޮށް, ވެއްޓުނު އަންހެން މީހާގެ ދިފާއުގައި އެމްޑީޕީން މުޒާހަރާ ފަށައިފި

މާލޭގެ އުސް އިމާރާތެއްގެ މަތިން ޑްރަގް ބޮއެގެން ޕައްޓިތަޅަމުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ ހައްގުގައި ޒުވާނުން ކުރަމުންދާ މުޒާހަރާގައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބައިވެރިވާން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި މިރޭ ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ހޮވާފައިވާ ލީޑާޝިޕް ރެޕިޑް ރެސްޕޮންސް ޓީމް (އެލްއާރްއާރްޓީ) އިން އެދިގެން ބޭއްވި ކުއްލި ބައްދަލުވުމުގައި ޒުވާނުންގެ މުޒާހަރާއަށް ސަރުކާރުން ހުރަސްއަޅާކަން ފާހަގަކޮށް އެކަން ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ބަގުރޫޓް ފައްޔާޒް އިސްމާއިލް ވަނީ ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާއަށް އެމްޑީޕީން ދޭން ޖެހޭ އެއްބާރުލުންދީ، އެ މުޒާހަރާގައި ޕާޓީގެ މެންބަރުން ބައިވެރިވުމަށް ގޮވާލައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *