މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި 2130 މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަމަށައި މަސައްކަތް ދަނީ އެ ޕްލޭނާއި އެެއްގޮތަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން، މިއަދު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ވައުދުތަކާއި އެކު އެކި ތަންތަނުގައި ވީ ވައުދުތަާއި އެކު ޖުމްލަ 2129 ވައުދުވެވަޑައިގެންފައިވާކަމަށެވެ. މި ވައުދުތައް ފުއްދުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މި އަހަރާއި އަންނަ އަހަރު ޖުމްލަ 2130 މަޝްރޫއެއް ހިންގާނެކަން ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ސަރުކާރުގައި ކޮންމެ މަގާމަކަށް އައްޔަން ކުރި ކޮންމެ މީހަކު އެ މަހާމަކަށް އައްޔަންކޮށްފައިވަނީ މި ވައުދުތައް ފުއްދަން މަސައްކަތް ހަވާލުކޮށްފައިކަމަށެވެ. އެގޮތުން ސަރުކާރަށް އައްޔަންކުރި މީހުންގެ ތެރޭގައި މަސައްކަތެއް ނެތް މީހަކު ނުހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ހަމައެކަނި އަމާޒަކީ ވީ ވައުދުތައް ފުއްދުންކަމަށެވެ.
ހިންގާ ބައެއް މަޝްރޫއުތަކުގެ އަދަދު
ކުޅިވަރު 551
މަގު ހެދުން 112
ބިން ހިއްކުން 42
ބޯހިޔާވަހިކަން 37
މިސްކިތް އެޅުން 50
އެއާޕޯޓް އެޅުން


