އަތޮޅު ކައުންސިލްތައް އުވާލައި ބޮންސުންލާފައިވާ ނިޒާމް ހަމައަކަށް އަޅުވަން ރައީސް ނިންމަވައިފި

އަތޮޅު ކައުންސިލްތައް އުވާލަން ނިންމާ އެކަމަށް ބޭނުންވާ އިސްލާހު ގެނައުމަށް މިއަހަރު މަޖިލިހަށް ހުށައަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު މި ސަރުކާރުން ވަރަށް ޗެމްޕިއަން އެބަ ކުރައްވާކަމަށާއި ކުރައްވާ މަސައްކަތްތައް ފެންނަ ހުންނާނެކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަތަކަކީ އެއްގޮތަކަށްވެސް ބޭނުން އެއްޗެއް ނޫންކަމަށާއި މުހިއްމީ ރަށު ކައުންސިލްތައްކަމަށެވެ.

" މިހާރު ބައްލަވާ އަތޮޅު ކައުންސިލުގައި މި ތިބެނީ ކޮންމެ ކައުންސިލެެއްގެ ރައީސް. ދެން ހުންނާނީ އަތޮޅު ކައުންސިލްގެ ރައީސް ކިޔާފައި އިންތހާބު ކުރާ މީހެއް. ފަންކްޝަނެއް ނުކުރޭ މިއެއް. އޮންލައިންކޮށް މީޓިން ބާއްވަނީ. ދެން މިހެން ގޮސް ވޭރިއަސް ބޭކާރު ކަންކަން އެ ހިނގަނީ. އެއަށްވުރެ މާ ރަނގަޅެއް ނޫންތޯ ރަށު ކައުންސިލެއް ހިނގާނީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެންކަމަށާއި އެހެންކަމުން އެ އިސްލާހު މަޖިލިހަށް މިއަހަރު ހުށައަޅުއްވަން ނިންމަވާފައިވާކަން ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *