ފުލުހުންގެ އިންވެސްޓިގޭޝަން ޔުނިޓް ހެޑް ސާމިހު ވަކިކޮށްފި

ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ އުސް އިމާރާތަކުން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށްވެސް ހުރީ ސާމިހުއެވެ.

ސާމިހު މަގާމުން ވަކިކޮށްފައި މިވަނީ އެ މައްސަލައިގެ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އަދި ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާކަމުން ސާމިހް ވަކިކުރަން ޔުމްނުގެ އާއިލާއިންވެސް ގޮވާލާފައި ވަނިކޮށެވެ.

ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްކަމުން ސާމިހް ވަކިކޮށްފައިވަނީ އޭނާ ޗުއްޓީއެއްގައި ހުއްޓައެވެ. އަދި އެ މަގާމުން ސާމިހް ވަކިކޮށް އޭނާ ވަނީ ފުުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ބަލާ، އިންވެސްޓިގޭޝަންތަކުގެ ސްޓޭންޑާޑް ކަނޑައެޅުމުގެ ޒިންމާ އޮންނަ ޑިޕާޓްމެންޓަކަށް ބަދަލު ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *